ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ސައުދީ އަރަބިއާއިން ކޮންމެ އަހަރަކުވެސްދޭ 1000 ކޯޓާއިން ދައުލަތަށް ނަގާބައި ވީހާވެސް މަދުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައި ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، ހައްޖާ ގުޅޭ އެކި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސުވާލު ކުރެއްވުމުން، މެންބަރުންނަށް ދެއްވި ޖަވާބުގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ކޮންމެ އަހަރަކު ވެސް މީހުން ހައްޖަށް ގެންދަނީ ކިޔޫގެ ތަރުތީބުން ކަމަށާއި ކިޔުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން ވަކި މީހެއްގެ އާއިލާއަކަށް ވީތީ ކިޔުއިން ޖާގަ ނުދޭނެ ކަމަށާއި އެކަމަކު ރާއްޖޭގައި ޒަމާނުއްސުރެ ދައުލަތު ރިޒާވްކުރާ ކޯޓާތަކެއް ހުންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



