ބ. ހިތާދޫގައި ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.
މި ހިދުމަތް ހިތާދޫގައި ދޭން ފަށާފައިވަނީ، ބ. އަތޮޅުގެ ރަށްތަކަށް މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު އެރަށަށް ވަޑައިގެންނެވެ.
ހިތާދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވުމުގެ ގޮތުން ރައީސް މުޢިއްޒު ވަނީ ރަމްޒީ ކާޑެއް ބޭނުންކޮށް އެ ހިދުމަތް އެންމެ ފުރަތަމަ ހޯއްދަވާފައެވެ.
ރާއްޖޭގެ ހުރިހާ ރަށަކުން އޭޓީއެމްގެ ހިދުމަތް ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ އެއް ވައުދުފުޅެވެ. އެގޮތުން އެމަނިކުފާނު ވަނީ ބ. އަތޮޅަށް ފައްޓަވާފައިވާ މި ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށެއްގައި މި ހިދުމަތް ފައްޓަވާ ދެއްވާފައެވެ.




