ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު ޒަކާތު ސްކޮލާޝިޕް ދިނުން އަލުން ފަށާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ، މި ސްކޮލާޝިޕްތައް ހަވާލުކުރުމުގެ ހަފުލާ މި މަހު 16ވާ ހޮނިހިރު ދުވަހު ބާއްވާނެ ކަމަށެވެ.
މިކަމާ ބެހޭގޮތުން އިތުރަށް މިނިސްޓަރ ޝަހީމް ވިދާޅުވީ، މިއީ ތާރީޚީ ގޮތުން ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލާޝިޕް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.
”މި ފަހަރު ސްކޮލާޝިޕް ދެވެނީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް. މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލާޝިޕް ދެވޭ ފުރަތަމަ ފަހަރު“ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
ޒަކާތު ފަންޑުގެ ދަށުން 50 ސްކޮލާޝިޕްގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.



