މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ”މައި ބަނދަރު“ ޕޯޓަލް މެދުވެރިކޮށް މިހާރު އޮންލައިންކޮށް އެކްސްޕްރެސްގެ ހިދުމަތް ހޯދޭނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލްއިން އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ”އެނގޭތަ“ ޕޯސްޓުތަކެއްގައި ބުނެފައިވަނީ އޮންލައިންކޮށް އެކްސްޕްރެސް ހިދުމަތް ހޯދުމަށް އެދި ހުށަހަޅާނީ އަށް ލޮގިން ކުރުމަށްފަހު، މެނޫއިން ”ޝިފްޓިން ރިކުއެސްޓް“ ގެ ދަށުން ކަމަށެވެ.
އެގޮތުން އިންނާނީ ދެ ވިންޑޯ އެކެވެ. އެއީ:
° ނޯމަލް އެކްސްޕްރެސް ސާވިސް ރިކުއެސްޓް ވިންޑޯ
° ޑެއިލީ އެކްސްޕްރެސް ސާވިސް ރިކުއެސްޓް ވިންޑޯ
އެގޮތުން ނޯމަލް އެކްސްޕްރެސް ސާވިސް ރިކުއެސްޓް ވިންޑޯ، މުދާ ކްލިއަރ ކުރާ ދުވަހުގެ ދެ ދުވަސް ކުރިން ރޭގަނޑު 8:00 ގައި ހުޅުވާލެވޭނެއެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 10:30ގައި އެ ވިންޑޯ ބަންދު ކުރެވޭނެއެވެ.
ޑެއިލީ އެކްސްޕްރެސް ސާވިސް ރިކުއެސްޓް ވިންޑޯ ކޮންމެ ދުވަހަކުވެސް ހެނދުނު 8:00 އިން ހަވީރު 4:00 އަށް ހުންނާނީ ހުޅުވާފައެވެ.




