ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށާއި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިފައިވާއިރު، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިމަހުގެ 9 ވަނަ ދުވަހު މުޅި މާލެއާއި ހުޅުމާލެއިން ވަނީ ކަރަންޓު ގޮސްފައެވެ. ނަމަވެސް ސްޓެލްކޯގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަރަންޓު ކެނޑުނުތާ 3 ގަަޑިއިރު ތެރޭގައި ވަނީ މާލެއާއި ހުޅުމާލެއަަށް ވެސް އަލުން ކަރަންޓު ދީފައެވެ.



