ރާއްޖޭގައި އިސްލާމީ ފައިނޭންސިންގެ ދާއިރާ ކުރިއަރުވާ، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެންްއެމްއޭ) އިން ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖުގެ ނަމުގައި މުބާރާތެއް އިއުލާނު ކޮށްފިއެވެ.
މި މުބާރާތުގައި ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް ބަހާލާފައިވަނީ ދެ ގިންތިއަކަށެވެ.
އެގޮތުން ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ އިސްލާމީ ފައިނޭންސިންއަށް އާ ހައްލުތަކާއި ގުޅޭގޮތުންނެވެ. މި ގިންތި އަމާޒުކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އިޖްތިމާއީ ވިޔަފާރިވެރިންނަށެވެ.
މީގެއިތުރުން މި ގިންތި ފަރުމާކުރެވިފައިވަނީ ޝަރީއާ އާ އެއްގޮތްވާ ހައްލުތަކުގެ ޒަރިއްޔާއިން މާލީ ނިޒާމު ވަރުގަދަކުރެވޭނެ ހިޔާލުތަކާއި ނަމޫނާތަކަށެވެ.


