ޔަހޫދީ އިޒްރޭލުގެ ނުބައިކަމުގެ ސަބަބުން އިތުރަށް ކެތް ނުކުރެވިގެން، ބަނޑުހައި ހޫނުކަމުގެ ހާލަތުގައި ޣައްޒާގެ ބައެއް ރައްޔިތުން އަމިއްލަ ބިން ދޫކޮށްލާފައި ދާން ފަށައިފިއެވެ.
ޣައްޒާގެ އުތުރު ސަރަހައްދަށް ވެރިވެގަނެ، ޣައްޒާ ހިސޯރުކުރަން އިޒްރޭލު ސިފައިން ނިންމުމާއެކު، ޔަހޫދީންވަނީ އެމީހުންގެ ހަމަލާތަކާއި ނުބައިކަން ޣައްޒާގެ މައްޗަށް އިތުރަށް ވަރުގަދަ ކޮށްފައެވެ.
އެގޮތުން ޣައްޒާ ސިޓީގައި އެންމެ ގިނަ މީހުން ދިރިއުޅޭ ސަރަަހައްދުތަކަށް ބޮން އަޅަން ފަށައި، އެތަނުގައި ދިރިއުޅޭ އެތައް ބައިވަރު ރައްޔިތަކު އެމީހުންގެ އަމިއްލަ ބިން ދޫކޮށް ޣައްޒާގެ ދެކުނުގެ ސަރަހައްދުތަކަށް ހިޖުރަކުރަން އިޒްރޭލުން ވަނީ މަޖުބޫރު ކޮށްފައެވެ.
މިދިޔަ އާދީއްތަ ދުވަހު ޣައްޒާގެ އަލް-އަހްލީ ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާއަށްފަހު، ޣައްޒާގެ އެއް ސިޓީކަމަށްވާ ޒައިތޫނުން މިހާރުވެސް 1000 އެއްހާ މީހުން އެމީހުންގެ އަމިއްލަ ވަޒަން ދޫކޮށް ހިނގައްޖެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މިފަދަ ނުބައި އަމަލުތައް ކުރުމަށްފަހު އިއްޔެ އިޒްރޭލު ސިފައިން ބުނެފައިވަނީ، ފާއިތުވީ 22 މަސް ދުވަސް ތެރޭގައި އެކި ތަންތަނަށް ހިޖުރަކުރަން ޖެހުނު ފަލަސްތީނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން ޓެންޓާއި އިތުރު ސާމާނު ދޭނެ ކަމަށެވެ.



