މެލޭޝިއާގައި ވެސް ވޭޕް ބޭނުންކުރުން މަނާކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ.
އެ ޤައުމުގެ ހެލްތު މިނިސްޓަރު ޒުލްފިކީ އަހްމަދު ވިދާޅުވީ މެލޭޝިއާގައި ވޭޕް މަނާކުރުމަށް ވިސްނަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ޒުލްކިފްލީއާ ވިދާޅުވެފައިވާ ގޮތުގައި އިލެކްޓްރޯނިކް ސިނގިރެޓް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ ހުށަހެޅުމެއް ހެލްތު މިނިސްޓްރީގެ ކޮމިޓީއަކުން ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.
”އެކަން މިނިސްޓްރީގެ ހުށަހެޅުމެއްގެ ގޮތުގައި ގެނެސް، ވޭޕް މަނާކުރުން އެޖެންޑާގައި ހިމަނާނަން،“ މިދިޔަ މަހު ފަހުކޮޅު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޒުލްކިފްލީ އިއުލާނު ކުރައްވާފައިވެއެވެ.
މީގެއިތުރުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބާވަތްތައް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ވޭޕް ރެގިއުލޭޓްކުރި ނަމަވެސް ”އެއީ ވޭޕް މަނާކުރުން ކަވަރުކުރާ ކަމެއް ނޫން“ ކަމަށާއި އެހެންވެ މި ބަދަލުތަކާ އެކު މިކަން ތަފްސީލްކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ޒުލްފިކީ ވިދާޅުވިއެވެ.


