އުރީދޫ ނޭޝަން އިން ބޭއްވި އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގެ މޮބައިލް ލެޖެންޑް: ބޭންގް ބޭންގް (އެމްއެލްބީބީ) މުބާރާތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އެއްވަނަ ލިބިއްޖެއެވެ.
މިއީ އިންޓަރ އޮފީސް އީސްޕޯޓްސް ޗެމްޕިއަންޝިޕް ބޭއްވި ދެވަނަ ފަހަރެވެ. މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އޮފީސް ޓީމުތައް އެއްތަނަކަށް އެއްވެ، އީސްޕޯޓްސްގެ މައިދާނުގައި އޮފީސްތަކުގެ ޓީމުތަކާއި ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ދިނުމެވެ.
ފަސް ކުންފުންޏަކުން ނުވަ ޓީމު ބައިވެރިވި އެމްއެލްބީބީ މުބާރާތުގައި ފަސް ކުންފުންޏަކުން ނުވަ ޓީމު ބައިވެރިވިއެވެ. އެ މުބާރާތުގެ އެއްވަނަ އެމްއޭސީއެލް އިން ހޯދީ ފަސް ކުންފުންޏަކާ ވާދަކުރުމަށްފަހުއެވެ.
އެމްއޭސީއެލްއަކީ އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް ކުންފުނި ކަމަށްވާއިރު ކުންފުނިތަކުގެ މެދުގައި އެކުވެރިކަން އުފެއްދުމަށް ބާއްވާ މުބާރާތްތަކުގައި މި ކުންފުނީގެ މުވައްޒަފުން ބައިވެރިވެ، ވާދަކޮށް ރަންވަނަތައް ހޯދުމަކީ މި ކުންފުނިން އަބަދުވެސް ހިތްވަރުދޭނެ ކަމެކެވެ.




