ޤަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުން ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ މި މަސްބޯޓު މިހާރު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މި ބޯޓު ހިފެހެއްޓިއިރު ބޯޓުގައި 6 މީހުން ތިބިކަމަށެވެ.
މި ބޯޓު ފެނިފައިވަނީ ކ. ދިއްފުއްޓާއި ދިމާ އިރުމަތިން ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ. ދޭތެރެދޭތެރެއިން ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުން ބޭރުގެ މަސްބޯޓުތައް ވަދެ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެއެވެ.



