ފައިސާގެ ޚާއްސަ އިނާމު ލިބޭގޮތަށް، އެސްޓީއޯ އިން ކުރިއަށްގެންދާ 30،000 ކޫޕަން ޑެވޮންޑޭލް ޕްރޮމޯޝަން ފަށައިފިއެވެ.
މިއީ މަޝްހޫރު ޑެވޮންޑޭލަށް ހާއްސަ ކޮށްގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ.
ޕްރޮމޯޝަން ކުރިއަށްދާނެ ގޮތް:
މި ޕްރޮމޯޝަންގައި ޑެވޮންޑޭލްގެ 1 ލީޓަރުގެ ކިރު ކޭހެއް ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ޚާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެއެވެ.
އެގޮތުން މި ޕްރޮމޯޝަންގައި ދޫކުރާ 30 ހާސް ކޫޕަން ހޯދުމުގެ ފުރުސަތު ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ.
ލަކީ ޑްރޯގައި ކޮންމެ ހަފްތާއަކުވެސް 5 ނަސީބުވެރި ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ. އެގޮތުން ހޮވޭ ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.
މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ.
މި ގުރުއަތުގައި ހޮވޭ 3 ފަރާތުގެ ތެރެއިން:
1 ވަނައަށް ހޮވޭ ފަރާތައް- 50،000 ރުފިޔާ
2 ވަނައަށް ހޮވޭ ފަރާތައް – 25،000 ރުފިޔާ
3 ވަނައަށް ހޮވޭ ފަރާތައް – 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓަރ، އެސްޓީއޯ ހުޅުމާލޭ ހޯލްސޭލް އަދި އެސްޓީއޯ ވިލިމާލޭ ފިހާރައިގައެވެ. އަދި 1 ސެޕްޓެމްބަރު 2025 ން ފެށިގެން އެސްޓީއޯގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކަށް މި ޕްރޮމޯޝަން ފުޅާ ކުރެވިގެންދާނެއެވެ.
ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެއިން ފެށިގެން 31 އޮކްޓޯބަރ 2025 ގެ ނިޔަލަށެވެ.




