އެހެންކަމުން ލޯކަލް މާރުކޭޓުގެ އުތުރު ފަރާތުގެ ތޮށިތައް މަރާމާތުގެ މަސައްކަތް ނިމެންދެން ތިން މަސްދުވަހަށް (20 އޮގަސްޓް 2025 ވަނަ ދުވަހުން ފެށިގެން 19 ނޮވެމްބަރ 2025 ވަނަ ދުވަހުގެ ނިޔަލަށް) އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތުވެސްޓް ހާބަރުން އެ ހިދުމަތް ލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.
“3 މަސް ދުވަސް ހަމަވެ މަރާމަތުގެ މަސައްކަތް ނިމުމުން މި ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް މި ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާގޮތަށް ހިދުމަތް ފޯރުކޮށްދޭނެ ވާހަކަ މި ފުރުސަތުގައި ދަންނަވަން“ އެމްޕީއެލް އިން ބުނެފައި ވެއެވެ.
މީގެ އިތުރުން އެމްޕީއެލް އިން ވަނީ މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަދި ޓީ ޖެޓީ އޮޕަރޭޝަންސް ނަންބަރު 3039644 އަށް ގުޅަން އެދިފައެވެ.



