ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފިއެވެ.
ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން ބުނީ މި މަހުގެ 21 އިން ފެށިގެން ދިވެހިރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ، ރިހީގެ ގްރާމަކަށް 18:81 ގެ ރޭޓުން 595 ގްރާމަށްވާ 11,191.95ރ ކަމަށެވެ.
މި ބަދަލު ގެނައުމުގެ ކުރިން މިދިޔަ އެޕްރީލް މަހުން ފެށިގެން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ 9264.15 ރުފިޔާއެވެ.
ޒަކާތް ހައުންސްއިން ގެނައި މި ބަދަލާއިއެކު އާ ނިސާބާއި ކުރީގެ ނިސާބާ ދެމެދު 1،927.8 ރުފިޔާގެ ތަފާތެއް ވެއެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ޒަކާތް ދިނުން ވާޖިބުވާ އެންމެ ދަށް މިންވަރެވެ. ރާއްޖޭގައި މި މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އަދި ރިހީގެ އަގު ކަނޑައަޅަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެނެއެވެ.
ޒަކާތް ދިނުން ލާޒިމްވަނީ މުދަލުގައި ނިސާބު ހަމަވެ، އެ މުދާ އެ މީހެއްގެ އަތުގައި ހިޖުރީ އަހަރެއް ވަންދެން ހުރުމުންނެވެ.
ރާއްޖޭގައި ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިންނެވެ.




