މާލޭގެ ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މ. އަފްޒާ ގޭގެ 6ވަނަ ފަންގިފިލާގައެވެ. ނަމަވެސް މިހާރު އެމްއެންޑީއެފްއިން ވަނީ އެ އަލިފާންގަނޑު ނިއްވާލާފައެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި، ރޯވެފައިވަނީ އެ ގޭގެ ބެލްކަނީގައި ހަރުކޮށްފައިހުރި އޭސީ އައުޓްޑޯ ޔުނިޓެއްގައެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 07:43 ހާއިރުކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލައިފައިކަމަށް ސިފައިން ބުންޏެވެ. އެގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އޭސީ އައުޓްޑޯރ ޔުނިޓުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 07:59 ހާއިރުކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓު ތެރެއަށް އަލިފާން ފެތުރި، އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.



