ރާއްޖޭގެ ޤައުމީ ދުވަހާ ގުޅިގެން، ޤައުމީ ބަޠަލު، އަލް-ސުލްތާން އަލް-ޣާޒީ މުޙައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު)ގެ އުފަން ރަށް ކަމަށްވާ ހއ. އުތީމުގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ.
މިއަަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާވެސް ކުރިއަށް ދަނީ އުތީމުގައެވެ.
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން މައުލޫމާތު ދީފައިވާ ގޮތުގައި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުން އޮންނާނެއެވެ.
ެގޮތުން މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ. މި އަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި ކުންފުންޏަކަށެވެ.
ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އުތީމުގައި ބާއްވާ ހަރަކާތްތަކުގެ ތެރެއިން މިރޭ އެރަށުގައި ހަވާ އެރުވުން އޮންނާނެއެވެ.
މީގެ އިތުރުން މާދަމާ އުތީމުގައި ސަޤާފީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.




