ހދ. ހަނިމާދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައި، އެމަސައްކަތް ކުރިއަށް ގެންގޮސް ނިންމުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލު ކޮށްފިއެވެ.
ހަނިމާދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެ މަސައްކަތް ފައްޓަވައި ދެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރ އަލީ އިހުސާން އެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން އާއި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޘީމް އަދި ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވެސް ބައިވެރިވެވަޑައިގަތެވެ.
މި މަޝްރޫއު ކުރިއަށް ގެންދަން ފުލުހުންނާއި އާރްޑީސީގެ ފަރާތުން އެއްބަސްވުމެއްގައި ސޮއި ކުރީ މިއަހަރުގެ މާރިޗް މަހުގެ 12ވަނަ ދުވަހުގައެވެ.
އަންނަ އަހަރުގެ ސެޕްޓެމްބަރު 6ގެ ކުރިން ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ އަގަކީ 36،034،224،43 ރުފިޔާއެވެ.



