ހދ. ނާވައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްހެ ހިދުމަދު ދޭން މިއަދު ފަށައިފިއެވެ.
މި ހިދުމަތް ނާވައިދޫގައި ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ނާވައިދޫއަށް މިއަދު ވަޑައިގެން ރައީސް މުޢިއްޒު ވަނީ ރަމްޒީ ކާޑެއް ބޭނުންކުރައްވައި، އޭޓީއެމްގެ ހިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވާދެއްވާފައެވެ.
ހދ. އަތޮޅަށް ރައީސް މުޢިއްޒު އިއްޔެ ފެއްޓެވި މި ދަތުރުފުޅުގައި އެ އަތޮޅުގެ 13 ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ތާވަލު ކުރެވުނެވެ. އެއީ ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮލިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުޅުދުއްފުށި، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ އަދި މަކުނުދޫއެވެ.
މީގެތެރެއިން މިހާރު އެމަނިކުފާނު ވަނީ ހިރިމަރަދޫ، ފިނޭ، ހަނިމާދޫ އަދި މިހާރު ނާވައިދޫއަށް ޒިޔާރަތް ކުރައްވާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.



