ހދ. ނެއްލައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ނެއްލައިދޫގައި އޭޓީއެމްގެ ޚިދުމަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށްވަނީ ހަމަޖެހިފައެވެ.
ނެއްލައިދޫގައި އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވާފައިވަނީ ރައީސް މުޢިއްޒު އެވެ. އެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވުމަށް، ހާއްސަ ހަނދާނީ ފިލާއެއް އެމަނިކުފާނު ވަނީ ނައިވާދޫ ކައުންސިލާއި ހަވާލުކޮށްދެއްވާފައެވެ.
ނެއްލައިދޫގައި ޤާއިމުކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.



