ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައިވާ އޮއްވައި ރޭ ފެނުނީ މި މަހުގެ 21 ވަނަ ދުވަހުގެ ރެ އިން ފެށިގެން ގެއްލިގެން ހޯދަމުން އައި ބިދޭސީ މީހާ ކަމަށް ބެލޭނެ ކަންކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
މަރުވެގެން ކުނިވާން ކައިރިވެފައި އޮއްވާ ރޭގައި ފެނިފައިވަނީ ފިރިހެނެކެވެ. ނަމަވެސް އެއީ ކާކުކަން މިހާތަނަށް އެނގިފައިނުވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެއީ މި މަހުގެ 21 ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ ކަމަށް ބުންޏަސް އެ މީހާއާ ގުޅޭ އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އެއީ ކޮން ގައުމެއްގެ އަދި ރާއްޖޭގެ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް ވެސް ހާމަކޮށްފައެއް ނުވެއެވެ.
ވޯޓަރ ތީމް ޕާކެއް ހަދަން ވޯޓާ ފްރަންޓް އެންޑް ލެޝާ ކިޔާ ބަޔަކާ 2017 ވަނަ އަހަރު ހަވާލުކުރި ނަމަވެސް އެ ތަނުގައި އިމާރާތްތަކެއް ހެދުމަށް ފަހު، ވީރާނާވާން ދޫކޮށްލާފައިވާތާ އެތައް އަހަރެއް ވަނީ ވެފައެވެ.




