ދިވެހި ފުލުހަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ސާޖަންޓް މުޙައްމަދު އަރުޝަދު (36އ.) އެވެ.
އޭނާ ނިޔާވީ ނޭވާލާން ދަތިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ ތަނާ ކުއްލި ގޮތަކަށެވެ.
އަރުޝަދުގެ ގާތް މީހުން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ސިއްހީ މައްސަލައެއް ހުންނަކަން ފާހަގަވެފައެއް ނުވެއެވެ.
އަރުޝަދަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފުލުހެކެވެ. މިނިސްޓަރު މިހާރު ހުންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ދަތުރުފުޅެއްގައެވެ.



