ހދ. މަކުނުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަކުނުދޫއަށް ވަޑައިގަތުމުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އާރްޑީސީން ކުރި ޕޯސްޓެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހދ. މަކުނުދޫ މަގުތައް ޒަމާނީ ފެނަވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެ ކޯޕަރޭޝަނާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ހަސަން ރަޝީދު އެވެ.
އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމްއެވެ.



