ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ) އަށް 3 މެންބަރުން އައްޔަނު ކުރަން މަޖިލީހުން ފާސްކޮށްފިއެވެ.
ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަން ފޮނުއްވެވީ އެ ކޮމިޝަނުގެ 3 މެންބަރެއްގެ މަގާމުގެ މުއްދަތު އަންނަ މަހުގެ 3 ވަނަ ދުވަހަށް ހަމަވާތީއެވެ.
އެގޮތުން ނަން ދިރާސާކުރުމަށް ރައީސް ވަނީ 6 ބޭފުޅެއްގެ ނަން ފޮނުއްވާފައެވެ.
އަދި އެ މައްސަލަ ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން %75 އަށްވުރެ މަތިން މާކްސް ދީފައި ވަނީ 3 ބޭފުޅަކަށެވެ. އެއީ:
މ. ވައިޓްބެލް، ޑރ. ދީބާ މޫސާ
ޑރ. ހުސައިން ފާއިޒު
މުޙައްމަދު ނާސިހު
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ކޮމިޓީން %75 އަށްވުރެ މަތިން މާކްސް ދީފައިވާ ތިން މެންބަރުންވެސް ސީއެސްސީއަށް އައްޔަން ކުރައްވަން ފެންނަ ކަމަށެވެ.
މިގޮތުން ސީއެސްސީއަށް ޑރ. ދީބާ މޫސާ އައްޔަން ކުރެއްވުމަށް 60 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
ހަމައެހެންމެ ޑރ. ހުސައިން ފާއިޒު އައްޔަން ކުރެއްވުމަށް 54 މެންބަރުން ވޯޓު ދެއްވާފައި ވާއިރު މުޙައްމަދު ނާސިހު އައްޔަން ކުރެއްވުމަށް 52 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.



