ހުޅުމާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ ޏ. ފުވައްމުލައް، ދޫޑިގަން ފަސީޙްއާބާދު، އުމުރުން 41 އަހަރުގެ މަސީޙް ޢަބްދުލް ޙަކީމެވެ.
ފުލުހުން މިއަދު ބުނީ މަސީޙް ޢަބްދުލް ޙަކީމް މިހާރު ދިރިއުޅެމުންދަނީ ހުޅުމާލެ، އެމްޕީއެލް ޓަވަރުގައި ކަމަށެވެ. އޭނާގެ ޚަބަރެއް އާއިލާއަށް އެންމެފަހުން ވެފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން އެމީހާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
ފުލުހުން ވަނީ މަސީޙް ޢަބްދުލް ޙަކީމާއި ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.


