ހދ. ކުމުންދޫގެ މަގުތައް ޒަމާނީ ފެންވަަރަށް ތަރައްގީކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫޢު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ހދ. އަތޮޅުގެ ރަށްތަކަށް ހަތަރު ދުވަހުގެ މުއްދަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިއަދު ކުމުންދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައެވެ.
އެގޮތުން ސަރުކާރުން ކުމުންދޫ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީއަށެވެ.
ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.



