ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ސްޕެއިން ްމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައި މި މަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ސްޕެއިނަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ.
އޭރު އޭނާގެ ބަންދަށް ޖެހީ 10 ދުވަހެވެ.
އެގޮތުން އޭނާ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުުނު އަމުރުގައި ބުނީ އޭނާ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި އޭނާ ރާއްޖެ އައިރު ލަގެޖްގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.
އެހެންކަމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.


