މީޑިއާ ރެގިއުލޭޓް ކުރާ ބިލާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަން ހަމަޖެހިއްްޖެއެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު އެވެ.
މި ބިލާ ގުޅޭގޮތުން ރައީސް މުޢިއްޒު މިއަދު ނޫސްވެރިންގެ އިތުރުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ މެންބަރުންނާ ވެސް ބައްދަލު ކުރުމަށްވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތުމަށްފަހު ވަނީ އިތުރަށް ދިރާސާ ކުރުމަށް މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ. އަދި މިއަދު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ މި ބިލާ ބެހޭގޮތުން ވަނީ މަޝްވަރާވެސް ކުރައްވަވާފައެވެ.
މީޑިއާތަކުގެ ކަންބޮޑުވުމާ ގުޅިގެން މިއަދު މެންދުރު ފަހު 1:30 ގައި ރައީސް ވަނީ އެމްޖޭއޭ އާއި މީޑިއާތަކުގެ ބޭފުޅުންނާ ބައްދަލުކުރައްވަން ނިންމަވައިފަ އެވެ.
މިއީ އެ ބިލާ ގުޅިގެން އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އެނގިފައިވާ ގޮތުގައި ނޫސްވެރިންގެ ފަރާތުން އެ ބައްދަލުކުރެއްވުމުގައި ބައިވެރިވާނީ:
° އެމްޖޭއޭގެ ފައުންޑަރު އަދި ދައުރު ނޫހުގެ މެނޭޖިން އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު
° އެމްޖޭއޭގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ޖުނައިދު
° އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ
° މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހިމް
° މީޑިއާ ކައުންސިލްގެ މެންބަރު ނަހުދާ ފާއިޒް




