އަންހެނެއްގެ ގެއަށް ވަގަށް ވަދެ، އެމީހާ ހޭނައްތާލައި، އޭނާގެ ގެއިން ލޭ ނެގި ޗައިނާ މީހަކު ދެ އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ސައުތު ޗައިނާ މޯނިންގް ޕޯސްޓުގައި ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހު ޗައިނާގެ ޖިއަންގްސޫ ޕްރޮވިންސްގައެވެ.
މި ހާދިސާ ހިނގިއިރު، ޔޫ ނަމަކަށް ކިޔާ އެ އަންހެން މީހާ އޮތީ އޭނާގެ ކޮޓަރީގައި ނިދާފައެވެ. ލީ ނަމަކަށް ކިޔައި އެ ފިރިހެންމީހާ އެވަގުތު އެ ކޮޓަރިއަށް ވަން ކަމަށާއި ޔޫ ހޭ ނައްތަން އަތަށް އިންޖެކްޝަން ޖެހުމަށް އަތުން ލޭ ނެގިކަމަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފައެވެ.
މިކަން އޭނާ ކުރީ ”ސްޓްރެސް ފިލުވަން“ ކަމުގައި ވެސް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.
މި ހާދިސާއަށްފަހު ޗައިނާގެ އެ ސަރަހައްދުގައި އާންމުން ދިރިއުޅޭ ގެތަކުގައި ވަނީ ސީސީޓީވީ ކެމެރާ ބަހައްޓަން ފަށާފައެވެ.
މި ހާދިސާގައި ހައްޔަރުކުރި ލީ ވަނީ މީގެ ކުރިންވެސް ރޭޕް އާއި ވައްކަން ކުރުމުގެ މައްސަލަތަކެއްގައި ހައްޔަރު ކޮށްފައެވެ.




