ކިތަންމެ މަސައްކަތެއް ކުރިއަސް އެންމެން ރުއްސުމަކީ ވާނޭ ކަމެއް ނޫނެވެ.
އެއްދުވަހަކު މުސްކުޅިއަކު ދޮންކެޔޮ ގަނޑެއް ހިފައިގެން ދިޔަ ޒުވާން ކުއްޖަކު ހުއްޓުވައި، އޭނާ ގާތު ބުންޏެވެ.
”އަހަންނަށް ހިލޭ ދޮންކެޔޮ ކޮޅެއް ލިބިދާނެތަ؟ ވަރަށް ވަރުބަލިވެ ބަނޑުހައިވެއްޖެ“
ޒުވާން ފިރިހެން ކުއްޖާ އޭނާގެ އަތުގައި އޮތް ކެޔޮގަނޑު ވައްޓާލުމަށްފަހު އޭގެ ތެރެއިން ތިން ދޮންކެޔޮވައް މުސްކުޅިޔާއަށް ދިނެވެ.
އެކަމަކު އެމީހާ ދުރަށް މޫނު އަނބުރާލިއެވެ.
އަދި ބުންޏެވެ. މި ކެޔޮތައް މިހިރީ ދޮންވެފައެއް ނޫން! އަހަރެން ކިހިނެތް މި ކާނީ!
މުސްކުޅިޔާގެ މިހެން ބުނުމުން ކުއްޖާ ހައިރާންވި ނަމަވެސް އޭނާ ބުންޏެވެ. ވަރަށް ބޮޑަށް މައާފް ކުރޭ! އަހަރެންގެ ގޭގައި ދޮންވެފައި ހުރި ކެޔޮ ހުންނާނެ! ”މިތާނގައި މަޑުކުރަން ވީނު. އަހަރެން ގެޔަށް ގޮސް ކެޔޮ ހިފައިގެން އެނބުރި އަންނާނަން“
މިހެން ބުނުމުން މުސްކުޅިޔާ ބުންޏެވެ. އެންމެ ރަނގަޅެވެ. އަހަރެން މިތާގައި މަޑުކޮށްފާނަމެވެ.
ކުއްޖާ އޭނާގެ ކެޔޮގަނޑު ހިފައިގެން ދުވެފައި ގެޔަށް ހިނގައްޖެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާ އެނބުރި އައީ ދޮންވެފައިވާ ބޮޑު ތިން ދޮންކެޔޮވައް ހިފައިގެންނެވެ.
އެ ތަކެތި މުސްކުޅިޔާގެ އަތަށް ދިއްކޮށްލަމުން އޭނާ ހިނިތުންވެލިއެވެ.
އެކަމަކު ޝުކުރުއަދާ ކުރުމުގެ ބަދަލުގައި މުސްކުޅިޔާގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ދައްކާލިއެވެ.
މުސްކުޅިޔާ ބުންޏެވެ. ކިހާ ދެރަ ކަމެއް ހެއްޔެވެ؟ ރިއްސާފައި ހުރި ދޮންކެޔޮ ތި ގެނައީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ މުސްކުޅިއެއްކަން އެނގެން ޖެހޭނެ ނޫން ހެއްޔެވެ. މި ކެއުމުން އަހަރެންގެ ބަނޑަށް އުނދަގޫވާނެއެވެ.
އެ ކުއްޖާއަށް ކަންތައް ކުރެވުނު ގޮތާ މެދު އޮޅުން އެރިއެވެ.
އެހެނީ އޭނާ އެ މުސްކުޅިއާ އާ މެދު ކަންކަން ކޮށްދީފައި ވަނީ ވީ އެންމެ ރަނގަޅަކަށެވެ. އަދި ބުންޏެވެ. އަހަރެން ވަރަށް ދެރަ ވެއްޖެއެވެ. މިކަމުގައި އިތުރަށް އަހަރެން ކޮށްދޭންވީ ކޮން ކަމެއް ހެއްޔެވެ؟
މުސްކުޅިޔާ ބުންޏެވެ. ދޮންނުވެ ހުރި ކެޔޮ ގެނެސްދޭށެވެ. މާދަމާއާ ހަމައަށް އެ ބެހެއްޓުމުން ދޮންވާނެއެވެ. އަދި ކުއްޖާގާތު އޭނާގެ ފައިގައި ރިއްސާތީ އަވަސްކުރަން ބުންޏެވެ.
މުސްކުޅިއާ ރުއްސުމުގެ އުއްމީދުގައި ޒުވާން ފިރިހެން ކުއްޖާ އަވަސް އަރުވާލާފައި ގެއަށް ދިޔައެވެ. މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާ އެނބުރި އައީ އެންމެ ފުރަތަމަ އޭނާ މުސްކުޅިއާއަށް ދިން ދޮންކެޔޮތައް ހިފައިގެންނެވެ. ނަމަވެސް މުސްކުޅިއާ ރުޅިއައިސްފައި ބުންޏެވެ.
ކަލެޔަކީ ހަގީގަތުގައިވެސް ވަރަށް ތަތް ކުއްޖެކެވެ. ”އަހަރެންގެ ޝައުގުވެރިކަން މިހާރުވެސް ގެއްލިއްޖެ“ އަހަރެން މިހާރު ދޮންކެޔޮ ކާހިތް ކެނޑިއްޖެއެވެ. އަދި ކުއްޖާ ގެނައި ދޮންކެޔޮތައް ހިފައިގެން އެނބުރި ދާން ބުންޏެވެ.
އެ ކުއްޖާ ވަރަށް ދެރަވެއްޖެއެވެ. ނަމަވެސް އެ މުސްކުޅިޔާ ދެން ކަންތައް ކުރި ގޮތާ މެދު އޭނާ ހައިރާންވިއެވެ. މުސްކުޅިޔާގެ ރުޅި އައިސް ހިތްހަމަނުޖެހިފައިވާ މޫނު ހިނިތުންވުމަކަށް ބަދަލުވެގެން ދިޔައިރު، އެ ކުއްޖާގެ ކޮނޑުގައި ޖަހާލަމުން މަޑުމައިތިރިކަމާއެކު ބުންޏެވެ.
ދިރިއުޅުމުގެ އެންމެ އަގުހުރި ފިލާވަޅުތައް ކިޔައިދީގެން ދަހެއް ނުކޮށްދެވޭނެއެވެ. އެއީ ތަޖުރިބާ ކޮށްގެން ދަސްވާނެ ފިލާވަޅުތަކެކެވެ.
ކަލޭ އަހަރެންނަށް ގެނެސްދިން ހުރިހާ ދޮންކެޔޮތަކަކީ ވެސް ކާން އެންމެ ރަނގަޅު ތާޒާ ކެޔޮތަކެއް ކަން ކަލެއަށް އެނގެންޖެހޭނެއެވެ. ނަމަވެސް އަހަރެން އެގޮތަށް ކަންތައް ކުރީ ޝުކުރުވެރި ނުވުމުގެ ވިސްނުމުގެ ސަބަބުންކަން ކަލެއަށް ގަބޫލުކުރެވެން ޖެހޭނެއެވެ.
އަދި މުސްކުޅިޔާ ބުންޏެވެ. މިއީ އަހަރެން ކަލެއަށް ދިރިއުޅުމުގެ އަގުހުރި ފިލާވަޅެއް ދަސްކޮށްދޭން ކުރި ކަމެކެވެ. އެއީ ދިރިއުޅުމުގައި އޭނާއަށް ވަރަށް ލަހުން ދަސްވި ފިލާވަޅެއް ކަމަށް ބުންޏެވެ.
ދިރިއުޅުމުގައި ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެންމެން ހިތްހަމަ ނުޖެއްސޭނެކަން އެނގުން މުހިންމު ކަމަށް މުސްކުޅިޔާ ބުންޏެވެ.
ހަމައެހެންމެ ބަޔަކު ތިމާއާ ދޭތެރޭ ހިތްހަމަނުޖެހޭނަމަ ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް އެ ބަޔަކު ހިތްހަމަ ނުޖެއްސޭނެކަން ހަނދާން ކުރަންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް މިކަމުން ތިމާގެ ދިރިއުޅުމުގައި ތިމާގެ ހަމަޖެހުމާއި ތިމާގެ ލަނޑުދަނޑިތަކާއި ހުވަފެންތަކަށް ތަބާވުމުގެ ހިތްވަރު ގެއްލޭނެ ކަމަށް މުސްކުޅިޔާ ބުންޏެވެ. އަދި ތިބާއާ މެދު ހިތްހަމަނުޖެހޭ މީހުންނަށް ކިތަންމެ ގިނަ ކަންތައްތައް ކޮށްދިންނަމަވެސް އެ ކަންކަން ނުފެންނާނެ ކަމަށާއި ދިރިއުޅުމުގައި ހެޔޮގޮތާއި ނުބައިގޮތް ދެނެގަނެ އަމިއްލަ ނިންމުމެއް ނިންމުމަށްފަހު އެގޮތުގައި ދެމި ހުރުމަށް މުސްކުޅިޔާ އެ ކުއްޖާއަށް ނަސޭހަތްދިނެވެ.
ޢިބްރަތް: ތިމާގެ ދިރިއުޅުމުގައި އެންމެން ރުއްސުމަށް މަސައްކަތް ނުކުރާށެވެ! އެއީ ވާނެ ކަމެއް ނޫނެވެ.



