މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަންނަ ހަފްތާގައި ލ. ކައްދޫގައި އަސްކަރީ ތަމްރީނުތަކެއް ބާއްވަން ހަމަޖެހިއްޖެއެވެ.
ޑިފެންްސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، މި ތަމްރީނުތައް އޮންނާނީ ސެޕްޓެމްބަރު 04 އަދި 10 މި ދެ ދުވަހު ކަމަށެވެ.
އެގޮތުން އެ ދެ ދުވަހު 18:00 އިން 23:59 އަށް އެ ތަމްރީންތައް ކުރިއަށް ގެންދާނީ ކައްދޫގައި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކައްދޫގެ އިރު ދެކުނަށް 4200 މީޓަރ ދުރުމިނަށް ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
އަދި ބަޑީގެ ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރު ކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
އެމްއެންޑީއެފް އިން އަސްކަރީ ތަމްރީނުތައް ހިންގުމުގެ ކުރިން އަބަދުވެސް އެކަން އަންގައެވެ.



