މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅިގެން ކުރިއަށްގެންދާ ”ހަފްތާރެސް“ ޕްރޮގްރާމް ކ. އަތޮޅުގައި ފަށައިފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ ކ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށެވެ.
”މި ޕްރޮގުރާމުގެ ތެރެއިން ޒުވާނުންނަށާއި އަދި ބެލެނިވެރިންނަށް ހާއްސަކޮށް ވެސް ސެޝަންތައް ދަނީ ކުރިއަށް ގެންދަމުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ އެ މިނިސްޓްރީ އާއި އެން.ސީ.ޓީ.ސީ ގުޅިގެން މިއަހަރު ހިންގާ “ ހަފުތާރެސް“ ގެ ދެވަނަ ޕްރޮގްރާމް ކަމަށެވެ.
މިދިޔަ އަހަރު ”ހަފްތާ ރެސް“ގެ ތިން ޕްރޮގުރާމެއް ވަނީ ބާއްވާފައެވެ.
މިގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައި ވަނީ އައްޑޫ ސިޓީގައެވެ. ދެވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ހދ. އަތޮޅުގައެވެ. އަދި ތިން ވަނަ ޕްރޮގުރާމު ބާއްވާފައިވަނީ ގދ. ގައެވެ.


