ބޯކޮށް ވާރޭވެހޭނެކަމުގެ އިންޒާރާއެކު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހދ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް، މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފަ ކުރެވެއެވެ.
ރާއްޖޭގެ ކަނަދުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ.



