ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މެޓް އޮފީހުން ވަނީ ބޯކޮށް ވާރެވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ހެނދުނުން ފެށިގެން ހަވީރު ވަންދެން ހަވީރު ވަންދެން ހުދު ސަމާލުވެސް ނެރެފައެވެ.
ްެއެގޮތުން މެޓް އޮފީހުން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ. ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން މ އަތޮޅަށް މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް 52.8 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. އަދި އެ ރިކޯޑުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ވިލާގަނޑުގައި އެންމެ ވައި ގަދަވެފައި ވަނީ ބ. ދަރަވަންދޫއަށެވެ. ދަރަވަންދޫއަށް 41 މޭލަށް ވައިގަދަވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އާންމު ވައި އެންމެ ގަދަވެފައި ވަނީ ހދ. ކުޅުދޫފުއްޓަށާއި، މަކުނުދޫއަށެވެ. އެގޮތުން މި 2 ރަށަށް 18 މޭލަށް ވައިގަދަވެފައިވެއެވެ.




