ކެރިއަރ ގައިޑަންސް ޕްރޮގްރާމްގެ ދަށުން، ނ. ވެލިދޫ ސްކޫލްގެ ދަރިވަރުންނަށް އެ ރަށު ފެނަކަ ބްރާންޗުން މުހިންމު މައުލޫމާތުތަކެއް ދީފިއެވެ.
ވެލިދޫ ފެނަކަ ބްރާންޗުން މި މައުލޫމާތުތައް ވެލިދޫ ސްކޫލް ދަރިވަރުންނަށް ދީފައިވަނީ، މިއަދަކީ ޤައުމީ އިންޖިނިއަރުންގެ ދުވަސް ކަމަށް ވާތީ، މި ދުވަހާ ގުޅިގެން ދަރިވަރުން ކުރި ޒިޔާރަތުގެ ތެރެއިންނެވެ.
ފެނަކަ އިން ދަނީ އެ ކުންފުނިން ޚިދުމަތްދޭ ރަށްތަކުގެ ސްކޫލް ދަރިވަރުންނަށް މިފަދައިން މައުލޫމާތުތަށް ފޯރުކޮށްދެމުންނެވެ.
މި މައުލޫމާތުތަކުގެ ސަބަބުން، ފެނަކަ ފަދަ ކުންފުނިތަކުން ދޭ ޚިދުމަތްތަށް ދަރިވަރުންނަށް އެނގުމުގެ އިތުރުން މުސްތަޤުބަލުގައި އެ ދަރިވަރުންނަށް ފެނަކަފަދަ ކުންފުންޏަކާ ގުޅިގެން ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން ވެސް އުފެދިގެން ދެއެވެ.
ޤައުމީ އިންޖިނިއަރުންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 30ވަނަ ދުވަހެވެ.



