ޔަހޫދީ އިޒްރޭލުން މިދިޔަ ހަފްތާގައި ޔަމަނަށް ދިން ހަމަލާގައި، ހޫތީންގެ ތެރެއިން އަމިއްލައަށް ބޮޑުވަޒީރު ކަމަށް ކަނޑައަޅާފައިވާ އަހްމަދު ޤަލީބް ނަސީރް އަލް ރަހާވީ މަރުވެއްޖެއެވެ.
އީރާނުން އެހީތެރިކަން ދީފައިވާ ހޫތީން ބުނި ގޮތުގައި ޤަލީބް މަރުވެފައިވަނީ، އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު، ޔަމަނުގެ ވެރިރަށް ސަނާއަށް ދިން ހަމަލާގައެވެ.
އިޒްރޭލުގެ އަސްކަރިއްޔާ ކަމަށްވާ އިޒްރޭލު ޑިފެންސް ފޯސެސް (އައިޑީއެފް) އިން ވެސް ވަނީ، ސަނާއަށް ދިން ހަމަލާތަކުގައި ޤަލީބްގެ އިތުރުން ހޫތީންގެ އިސް ބައެއް އޮފިޝަލުން ”ނެތިކޮށްލައިފި“ ކަމަށް ބުނެފައެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ހޫތީން ދަނީ ޔަމަނުގެ އުތުރު ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލުކޮށް، ވެރިކަން ކުރަމުންނެވެ.
ޔަހޫދީން މިހާރު ބޭނުންވަނީ އެކަން ބަދަލުކޮށް، އިޒްރޭލުގެ ބާރުގެ ދަށަށް އެ ސަރަހައްދުތައް ގެންދަން ކަމުގައިވެސް ރިޕޯޓުތަކުން ބުނެއެވެ.
ޤަލީބްގެ އިތުރުން އެހެން ”މިނިސްޓަރުން“ ތަކެއްވެސް އިޒްރޭލުން މަރާލާފައިވާކަމަށް ހޫތީންވެސް ބުނެފައިވެއެވެ. ނަމަވެސް އެމީހުންގެ ނަންތައް ހާމަކޮށްފައެއް ނުވެއެވެ.




