ނޫސްވެރިންނަށް އެކްރެޑިޓް ކުރުމާ ބެހޭ އާ އުސޫލެއް، މޯލްޑިވްސް ބްރޯޑްކާސްޓިކް ކޮމިޝަން (ބްރޯޑް ކޮމް) އިން އާންމުކޮށްފިއެވެ.
ބްރޯޑްކޮމް އިން ގެޒެޓުގައި މިއަދު އާންމު ކުރި އެ އުސޫލުގެ މަގްސަދަކީ ނޫސްވެރިންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖުރިބާ ކަނޑައަޅައި ނޫސްވެރިންގެ ދަފްތަރެއް އެކުލަވާލުމެވެ.
މި އުސޫލުގެ ދަށުން އެކްރެޑިޓްކުރެވޭ ފަރާތްތަކަކީ އެޑިޓަރުންނާއި، މީޑިއާއަށް މައުލޫމާތު ހޯދާ ރިޕޯޓަރުންނާއި، ވީޑިއޯ ނޫސްވެރިންނާއި، ފޮޓޯއާއި އިންފޯގްރަފިކްސް ނޫސްވެރިންގެ އިތުރުން، ކޮލަމިސްޓުންނާއި ޕްރެޒެންޓަރުންނެވެ.
މިގޮތުން އެކްރެޑިޓްކުރުމަށް ހުށަހަޅާ ފަރާތްތަކުން، ނޫސްވެރިކަމުގެ ދާއިރާއިން މަދުވެގެން އެމްކިއުއޭ ލެވެލް ތިިނެއް ފުރިހަމަކޮށްފައިވާން ޖެހޭނެއެވެ. ނުވަތަ ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު ފާއިތުވި ފަސް އަހަރު ދުވަހު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ ފަރާތެއް ކަމުގައި ވާންޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.
އެކްރެޑިޓެޑް ޕްރެސް ފާސްގެ ތަމްރީނު ފީއަކީ 100 ރުފިޔާއެވެ. އަދި އެއީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރާ ފާހެކެވެ.



