ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ބުނިގޮތުގައި މި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 11:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.



