ނަފްސާނީ މައްސަލަތަކެއް ހުންނަ މީހަކު، ތޫނު އެއްޗަކުން އޭނާގެ ބައްޕައަށް ރޭގައި ހަމަލާދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އއ. އުކުޅަހުގައެވެ. ބައްޕައަށް ހަމަލާ ދީފައިވަނީ ނަފްސާނީ މައްސަލަތަކެއް ހުންނަ އުމުރުން 26 އަހަރުގެ ފިރިހެނެއް ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 10:30 ހާއިރެވެ. އަދި ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އަނިޔާވި މީހާ އަށް އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނިގޮތުގައި އެ މީހާގެ ހާލު ސީރިއަސްއެއް ނޫނެވެ. އޭނާގެ ބަނޑާއި އަތް ޒަހަމް ވެފައިވާ ކަމަށް ވެސް ހާދިސާގެ މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.



