ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އަބްދުﷲ ވަހީދު، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ވަހީދު ވިދާޅުވި ގޮތުގައި ސީއެފްއޯ ކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވީ، ޗީފް ލެވެލްގެ އެހެން މަގާމަކަށް އޭނާ ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރާތީ އެކަމަށް އެއްބާރުލުން ދިނުމަށެވެ.
ފެނަކައިގެ ސީއެފްއޯގެ މަގާމަށް ވަހީދު އައްޔަންކުރީ ސެޕްޓެމްބަރު 11، 2014 ގައެވެ.
ނަމަވެސް އޮކްޓޫބަރު 26، 2023 ގައި އޭނާ އެ މަގާމުން ވަކި ކުރުމާ ހަމައަށް، ގާތްގަނޑަކަށް އަހަރު ދުވަސް ވަންދެން ވަހީދު ހުރީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ.
އޭރު ފެނަކައިގެ ސީއެފްއޯގެ މަގާމުން ވަހީދު ވަކިކުރުމުން އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލައެއް ހުށަހެޅުމުން، އެ ތަނުން ނިންމީ އެ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި އެހެންކަމުން އޭނާއަށް އެ ވަޒީފާ އަނބުރާ ދިނުމަށެވެ.



