އދ. މާމިގިލީ މަގުހެދުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދީފިއެވެ.
މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި އާރްޑީސީން ބުނީ، މާމިގިލީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖަވާހިރު މަގުގައި ދުވާރު ލެވެލް ކުރުމާއި ގާ ޖެހުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއުއާ ބެހޭގޮތުން މިދިޔަ މަހު 11ގައި އާރްޑީސީން އާންމުކުރި އަދާހަމައިގައި ބުނެފައިވަނީ، އެ ރަށުގެ ގެވެހި މަގާއި ޖަވާހިރު މަގުގައި މަގު ބައްތިތަކަށް ކޭބަލް ގުޅުމުގެ މަސައްކަތް ކަމަށް ކުރަމުންދާ ކަމަށެވެ.
އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި މަގުތައް ހަދާ ނިމޭއިރު ފަސޭހައިން ފެން ހިނދިގެންދާނެއެވެ. އެގޮތުން ފެންބޮޑުވެއްޖެނަމަ ފެން ހިންދުމަށް ސްޓޯމް ވޯޓަރ ސިސްޓަމާއި، ޕަމްޕް ސްޓޭޝަން އެރަށުގައި ބަހައްޓާނެކަމަށްވެސް އާރުޑީސީއިން ބުނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން ޖުމްލަ 80 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.




