ޤައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފެނަކަ އިންސްޓިޓިއުޓުން އިންތިޒާމުކޮށްގެން ބޭއްވި ކެރިއަރ ގައިޑެންސް ޕްރޮގްރާމުގައި 1126 ދަރިވަރުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 30 އިން ފެށިގެން މިއަދާ ހަމައަށެވެ.
ގްރޭޑް 10 އިން މަތީގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް 16 ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.
ފެނަކައިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމެއް ހިންގުމުގެ ބޭނުމަކީ ސްކޫލްތަކުގެ ދަރިވަރުންގެ ހިތްތަކުގައި އިންޖިނޭރިންގެ ދާއިރާއަށް ޝައުގުވެެރިކަން އިތުރުކޮށް، އެ ދާއިރާގައި ހުރި ފުރުސަތުތައް ދައްކައިލުމެވެ.
މި ހަރަކާތުގައި އެ ދަރިވަރުންނަށް ވަނީ ފެނަކައިން އެ ރަަށްތަކުގައި ހިންގާ އިންޖީނުގެތަކާއި މަސައްކަތްތައް ކުރިއަށްގެންދާ އެހެނިހެން ސަރަހައްދުތަކަށް ކުދިން ގެންގޮސް އެތަންތަނުގައި ކުރާ މަސައްކަތްތައް ކިޔައިދީ އެ މަސައްކަތް ކުރާ ގޮތުގެ މައުލޫމާތުވެސް ދީފައެވެ.



