މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ހަފްތާގައި އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ކުކުޅުބިހެވެ.
އެމްޕީއެލް އިން މިއަދު ވަނީ އޮގަސްޓް މަހުގެ 24 އިން 30 އަށް އެ ކުންފުނިން ކްލިއަރ ކުރި މުދާތަކުގެ ތަފާސްހިސާބު އާންމު ކޮށްފައެވެ.
އެގޮތުން އެ މުއްދަތުގައި 1،359 ޓީއީޔޫ ކްލިއަރ ކޮށްފައިވެއެވެ. އޭގެތެރޭގައި 20 ފޫޓުގެ 553 ކޮންޓޭނަރާއި 40 ފޫޓުގެ 403 ކޮންޓޭނަރު ހިމެނެއެވެ.
އެމްޕީއެލްއިން ކްލިއަރ ކުރި ޕެރިޝަބްލް މުދަލަށް ބަލާއިރު ހިމެެނެނީ:
° 14،540 ކުކުޅުބިސް
° 11،617 ފިޔާ
° 5،647 އަލުވި
° 5،415 ކަރާ
° 3،672 ޓޮމާޓޯ
° 2،157 ކެބެޖް
° 2،087 ދޮންކެޔޮ
° 1،819 އަލަނާސި
° 806 ބަރަބޯ
° 539 ސްވީޓް މެލަން
އެމްޕީއެލްއިން ގެންދަނީ ކޮންމެ ހަފްތާއަކު އެ ކުންފުނިން ކްލިއަރ ކުރާ ޕެރިޝަބްލް މުދަލުގެ ތަފާސްހިސާބުތައް އާންމު ކުރަމުންނެވެ.



