ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 2025 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ވެއްޖެއެވެ.
އެލައިޑުން ވަނީ ޓީޓީއެމް ކަނެކްޓް މީޓިންގް 2025 ގެ އެންމެ ވަރުގަދަ އެ ޓްރެވެލް ޝޯ ކަމަށްވާ ޓީޓީއެމް އެވޯޑްސް އާއި ގާލާ 2025 ގައިވެސް ބައިވެރިވެފައެވެ.
ޓީޓީއެމް އެވޯޑްސް އާއި ގާލާ 2025 ބާއްވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 28ވަނަ ދުވަހު އަދާރަން ސެލެކްޓް ހުދުރަން ފުށީގައެވެ. އެ ހަފްލާގައި ހޮސްޕިޓަލިޓީގެ ދާއިރާއިން ރާއްޖެ ވަނީ 28 އެވޯޑެއް ހާސިލު ކޮށްފައެވެ.
އެގޮތުން އެންމެ ހިތްގައިމު ބީޗް ރިސޯޓްތައް ހިމެނުމާއި ޓީޓީއެމް ޓޮޕް ޕްރޮޑިއުސަރސް ވެސް ހިމެނެއެވެ.
މިހަފްލާގައި އެލައިޑުގެ ޗީފް އަނޑަރައިޓިންގް އޮފިސަރ އިއުލިއާނާ ރޫސޭ ވަނީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކަށް އެވޯޑު ހަވާލުކޮއްފައެވެ.
މީގެއިތުރުން މިދިޔަ މަހުގެ 27 އިން 28އަށް، ބާސެލޯ ނަސަންދުރަ ގައިވެސް ޓީޓީއެމް ކަނެކްޓް މީޓިންގް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި 500 އަށްވުރެ ގިނަ ޓްރެވެލް ޓްރޭޑް ޕްރޮފެޝަނަލުންނާއި 100 އަަށްވުރެ ގިނަ ހޮޓެލިއަރސް ބައިވެރިވުމުގެ އިތުރުން، ޓީޓީއެމް ކަނެކްޓް ޕޯޓަލް މެދުވެރިކޮށް 3000 އަށްވުރެ ގިނަ ޕްރީ-ޝެޑިއުލްޑް މީޓިންގް ވެސް ބާއްވާފައިވެއެވެ.



