ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްދޭ މައިކްރޯ ސްމޯލް އެންޑް މީޑިއަމް އެންޓާޕްރައިސިސ،ް ”މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025″އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އެވޯޑު ތަޢާރަފުކޮށްފައި ވަނީ މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައެވެ.
ރާއްޖޭގެ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީއާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، (ބީސީސީ) އިންން ދިނުމަށް ހަމަޖެހިފައިވާ މި އެވޯޑު ދޭނީ އަހަރަކު އެއް ފަހަރު އެވެ.
މި އެވޯޑަށް 13 ގިންތިއަކާއި، ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެއެވެ.
މި އެވޯޑަށް ފޯމު ހުށަހެޅުމަށް ބީސީސީން ދީފައިވާ ޕޯޓަލް (https://msme.bcc.mv) މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.
މި އެވޯޑަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޫބަރު މަހުގެ 2ވަނަ ދުވަހުގެ 23:59 އެވެ.


