އަންނަ އާދީއްތަ ދުވަހުގެ ރޭ ފުރިހަމަ ހަނދުކޭތައަކާއި ބްލަޑްމޫނެއް ފެންނާނެ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި އެ ރޭ ރާއްޖެއަށް ހަނދުކޭތަ ހިފަން ފަށާނީ 8:28 ގައެވެ. އަދި ކޭތަ ފުރިހަމަވެ ހަނދު އެއްކޮށް ގެއްލޭނީ އެ ރޭ 10:30 ގައެވެ.
މި ފުރިހަމަ ކޭތަ ނިމޭނީ 1 ގަޑި އިރާއި 22 މިނެޓް ފަހުން 11:52 ގައި ކަމަށް ބެލެވެއެވެ. އަދި ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގައެވެ.
އާދީއްތަ ދުވަހުގެ ރޭ އަރާ ފުރިހަމަ ހަނދުކޭތައާއި ބްލަޑްމޫން ޔޫރަޕާއި އެފްރިކާ ސަރަހައްދަށް ފެންނާނީ ފަޅި ކޭތައެއްގެ ގޮތުގައި ހަނދު އަރާ ވަގުތުގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އެމެރިކާ ސަރަހައްދަށް މި ކޭތަ އެއްވެސް ވަރަކަށް ނުފެންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ރާއްޖެއަށް ބަލާއިރު ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތަ އެ ރޭ ފެންނާނެ އެވެ. އެކަމަކު މާލެ ސަރަހައްދުގައި ވިލާ 81 ޕަސެންޓަށް ހުންނާނެ ކަމަށާއި ކުޑަކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާކަމަށް ވަނީ ލަފާކޮށްފައެވެ.
ހަނދު ކޭތަ ހިފާއިރު ހަނދު ރަތް ކުލައިން ފެންނަނީ ހަނދަށް ލިބޭ އިރުގެ އަލި، ދުނިޔޭގެ ޖައްވުގެ ތެރެއިން ރިފްލެކްޓުވެ ފެތުރިގެން ގޮސް ހަނދަށް ފޯރާތީ އެވެ.




