އެމްއޭސީއެލްއާ ހަވާލުކޮށްގެން ހދ. ނޮޅިވަރަމްގައި ކުރިއަށްގެންދާ ސްޕޯޓްސް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.
އެމްއޭސީއެލް އިން ބުނީ ނޮޅިވަރަމްގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުމަށް ސްޓެލްކޯއާއި އެމްއޭސީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށް އެ ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.
2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިއީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އާއި އެމްއޭސީއެލްއާ ދެމެދު 18 އޮގަސްޓް 2025 ގައި ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ މަޝްރޫއެކެވެ.



