ހއ.އަތޮޅު ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ.
މި ޚިދުމަތަކީ ސަރުކާރުން ހއ. އަތޮޅު ހޮސްޕިޓަލުގައި ފަަށައިދިން ޚިދުމަތެކެވެ.
އެ ހޮސްޕިޓަލުން ވަނީ ސްޕީޗް ތެރަޕީގެ ޚިދުމަތްފެށުމަށް ހެލްތު މިނިސްޓްރީއާ ރަށު ކައުންސިލާއި، އަތޮޅުކައުންސިލާއި ދާއިރާގެ މަޖިލިސް މެންބަރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ފާހަގަކޮށްފައެވެ.
އަދި އެ ހޮސްޕިޓަލުގައި ސްޕީޗްތެރަޕީގެ ޚިދުމަތް ފެށުމަށް ސްޕީޗު ތެރަޕިސްޓެއް ހޯދުމަށް ހއ. ދިއްދޫ ދިއްގާ ފައުންޑޭޝަނުން އެހީތެރިވެދީފައި ވާތީ ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ދިއްގާ ފައުންޑޭޝަނަށް ޝުކުރުއަދާކޮށްފައެވެ.
ހއ.އަތޮޅު ހޮސްޕިޓަލުން މިހާރު ވަނީ ސްޕީޗް ތެރަޕީގެ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން އެ ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ހިއްސާކޮށްފައިވާ ކިއު.އާރް ކޯޑް މެދުވެރިކޮށް އެ ޚިދުމަތަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
ސްޕީޗް ތެރަޕީއަކީ ހެދިބޮޑުވަމުން އަންނައިރު ވާހަކަދެއްކުމުގައި ދަތިތައް ދިމާވާ ކުދިންނާއި މީހުންނަށް ދޭ ތެރަޕީއެކެވެ.



