ރިސޯޓެއްގައި މަރުވި ޒުވާނާގެ އޮޓޮޕްސީ ހެދުމަށްފަހު ރޭ ފަތިހު ވަޅުލައިފި އެވެ.
ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ދިވެހި ފިިރިހެނަކު މަރުވެފައިވާ މައްސަލަ ފުލުހަށް ރިޕޯޓް ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
މަރުވެފައި ވަނީ ކ. ގުރައިދޫ ތަނޑިރަތްމާގެ އަދީލް އަހްމަދު އެވެ.
އެގޮތުން އެ ދުވަހުން ފެށިގެން އޮޓޮޕްސީ ހެދުމާއި ހަމައަށް އަދީލްގެ ހަށިގަނޑު އޮތީ މޯޗަރީގަ އެވެ.
ނަމަވެސް މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހެދުމަށް ތަހުގީގު ޓީމުން ނިންމުމުން އަދީލްގެ ހަށިގަނޑު ބޭރަށް ފޮނުވާ އޮޓޮޕްސީ ހެދުމަށްފަހު އޭނާގެ މައްޗަށް ކަށުނަމާދުކޮށް ރޭ ފަތިސް ނަމާދަށް ފަހު ވަނީ ވަޅުލާފަ އެވެ.



