ގދ. ހޯނޑެއްދޫގައި ފޯރުކޮށްދެމުން އަންނަ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން 300 ކިލޯވޯޓުގެ ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.
މިކަންހާމަކޮށްފައި ވަނީ ހޯނޑެއްދޫގައި ކަރަންޓުގެ ޚިދުމަތްދެމުން އަންނަ ކުންފުނި ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ފެނަކައިން ކުރި ޕޯސްޓުގައި ބުނީ ހޯނޑެއްދޫއަށް ގެންދެވުނު މި ޖެންސެޓު އޯވާހޯލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ހޯޑެއްދޫގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވެފައި ވާތީ، އެ މައްސަލަ ހައްލުކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަލަށް އެ ރަށަށް ގެންދެވުނު ޖެންސެޓާއެކު އެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.


