މަޝްހޫރު ޕްރެންޓަރ ޝިފްޒާ މުސްތަފާ ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސްގެ މަގާމަށް ހަމަޖައްސައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ މިފްކޯއިން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
މިފްކޯ އިން ވަނީ ޝިފްޒާ އެ މަގާމަށް ހަމަޖައްސާފައިވާކަން ހާމަކޮށް މަރުޙަބާ ކިޔާފައެވެ.
ޝިފްޒާ އެންމެ ފަހުން މަސައްކަތްކޮށްފައި ވަނީ ސަންގު ޓީވީގައެވެ. ޝިފްޒާ ވަނީ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް) އިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާސް ހާސިލްކޮށްފައެވެ.
އަދި 14 އަހަަރަށްވުރެ ގިނަ ދުވަހު މީޑިއާގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ޝިފްޒާ ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަޤާމުވެސް ފުރާފައެވެ.




