ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލު ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި މިއީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ބޭނުންވެގެން ތާވަލުކޮށްފައިވާ ޖަލްސާއެކެވެ.
މުހިންމު ބައެއް ބިލްތަކުގެ މަސައްކަތް ކުރުމަށް ދައުރުން ބޭރުން މިދިޔަ މަހު ވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާވެސް ބޭއްވީ ޕީއެންސީގެ މެންބަރުންތަކެއް އެދިގެންނެވެ.
އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި، މީޑިއާތައް ރެގިއުލޭޓް ކުރުމަށް ހުށަހަޅާފައިވާ ބިލާމެދު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވާ ގޮތް ހާމަކުރުން ހިމެނޭކަމަށް ވެސް ބެލެވެއެވެ.




